Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

މަފާޒުގެ ބަންދަށް 15 ދުވަސް

ނަދީމްގެ މަރުގެ މައްސަލާގައި ހައްޔަރު ކުރި މަފާޒު ގ. ޖެލީފިޝްގެއިން ނެރެގެން ގެންދަނީ-- ސަން ފޮޓޯ

މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރޭ ޓާމިނަލް ކެފޭ ތެރޭގައި ހުއްޓާ ބޮލަށް ވަޅި ހަރާލައި މަރާލި، ހއ. ތަކަންދޫ، އިބްރާހީމީހިޔާ، ނަދީމް އަބްދުއް ރަހްމާން (ނަޑޭ) މަރާލިކަމުގެ ތުހުމަތުގައި ރޭ ހައްޔަރު ކުރި ގ. ޝާރާޒް، މުޙައްމަދު މަފާޒް ޙުސައިންގެ ބަންދުގެ މުއްދަތު 15 ދުވަހަށް ކްރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ.

ނަޑޭގެ މަރުގެ މައްސަލާގައި މަފާޒު ހައްޔަރުކުރީ ރޭ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ގ. ޖެލީފިޝްއިންނެވެ.

މަފާޒު އަކީ މޮނިކޮމް ގާނޫނުގެ ދަށުން ކޯޓު އަމުރެއްގެ ދަށުން ފައިގައި ޓެގް އެޅުވި ނުރައްކާތެރި ކުށްވެރިއެކެވެ. މަފާޒު މޮނިކޮން ގާނޫނާއި ހިލާފްވެގެން ވަނީ ދައުވާ އުފުލާފައެވެ. ނަމަވެސް މަފާޒު މުޖްތަމައު ތެރެއަށް ދޫކޮށްލެވިފައިވީ ކޮން ސަބަބަކާއި ގުޅިގެން ކަން އެއްވެސް ފަރާތަކުން ހާމަ ނުކުރެއެވެ.

ނަޑޭ މަރާލީ މޫނު ނިވާކޮށްގެންތިބި ދެމީހަކު ޓާމިނަލް ކެފޭތެރެއަށް ވަދެ ވަޅިން ދިން ހަމަލާއަކާއި ގުޅިގެން ހޭނާރާ އޮންނަތާ ދެ ދުވަސް ފަހުންނެވެ.