Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ހުރިހާ މުވައްޒަފުން ޕީޕީއެމްގެ އިވެންޓަށް ދާން ޖެހޭނެ: ނާޒިލް

މިއަދު ހަވީރު ހިތަދޫގައި ޕީޕީއެމް އިން ބާއްވާ އިވެންޓަށް އައްޑޫގައި ހުންނަ ހައުސިން މިނިސްޓްރީގެ ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ މުވައްޒަފުން ދިއުމަށް އަންގައިފި އެވެ.

ހައުސިން މިނިސްޓްރީގެ އައްޑޫ ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މިކަން އަންގާފައި ވަނީ އައްޑޫގައި ހުންނަވާ ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރު ހަސަން ނާޒިލެވެ.

ސޯޝަލް މީޑިޔާގައި ލީކުވެފައިވާ ވައިބަ މެސެޖްތަކުން އެނގޭ ގޮތުގައި ނާޒިލު ވަނީ މިއަދު ހަވީރު ހިތަދޫ ޔޫތް ސެންޓަރުގައި ބާއްވާ، ޚާއްސަ ބައްދަލުވުމަށް ހުރިހާ މުވައްޒަފުން ދިއުމަށް އެދިވަޑައިގެންފައެވެ. އަދި އެ އިވެންޓްގެ "ހާޒިރީ ބެލޭނެ ކަމަށް" ވެސް ނާޒިލް ވަނީ ވިދާޅުވެފަ އެވެ.

އައްޑޫގައި ބާއްވާ ޕީޕީއެމްގެ އިވެންޓުތަކަށް ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކުގެ މުވައްޒަފުން ބައިވެރިވުމަށް "މަޖުބޫރު" ކުރާ މައްސަލަ މީގެ ކުރިން ވެސް ފެންމަތިވެފައިވެއެވެ.