ޝަރުޢީ ދާއިރާ އަކީ، ރައްޔިތުން ނުރުހޭ ކޮރަޕްޓް ވެރިއެއްގެ ދިފާޢުފައި ހުކުމް ޖަހަން އޮތް ތަނެއް ނޫން ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
"ރައްޔިތުންގެ ބަދަލު" ނަމުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ރޭ މާލޭގައި ބޭއްވި އެއްވުމެއްގައި ވާހަކަ ދައްކަވަމުން ނިޒާރު ވިދާޅުވި ގޮތުގައި ޖުޑިޝަރީ އަކީ ސިޔާސީ މީހުންގެ ފަހަތުން ދުވަން އޮތް މުއައްސަސާއެއް ނޫން ކަމަށެވެ.
ނިޒާރު ވިދާޅުވި ގޮތުގައި ޝަރުޢީ ދާއިރާއިން ރައްޔތުންނަށް އިންސާފު ހޯދައި ދިނުމަކީ، ސިޔާސީ މީހުންގެ ފަހަތުން ދުވުން ނޫން ކަމަށެވެ.
"ޖުޑިޝަރީ އަކީ ސިޔާސީ މީހުންގެ ފަހަތުން ދުވަން އޮތް މުއައްސަސާއެއް ނޫން. އެމީހުންނަށް ހުކުމް ޖަހަން ރާއްޖޭގައި އޮތް ނާޖައިޒު ވެރިކަމެއް ކޮރަޕްޓް ވެރިކަމއް އަދި ރައްޔިތުން ނުރުހޭ ވެރިއެއްގެ ދިފާއުގައި ހުކުން ޖަހަން އޮތްތަނެއް ނޫން ޖުޑިޝަރީ އަކީ ރައްޔިތުންނަށް އިންސާފު ހޯދައި ދިނުމަކީ އެއީ އެއް ނޫން."
ނިޒާރު ވިދާޅުވި ގޮތުގައި ވެރިކަން ދިފާއު ކުރުމަކީ އެއީ ޖުޑިޝަރީގެ ޒިންމާއެއް ކަމުގައި އޮތް ކަމެއް ނޫން ކަމަށެވެ.
އަދި ސިޔާސީ ކަންކަމުގެ ތެރެއަށް ވަދެ ވެރިކަމެއް ދިފާއު ކުރުމަށް ޖުޑިޝަރީ އިން މަސައްކަތް ކޮށްފި ނަމަ ކަންކަން ދާނެ ހިސާބަށް ރާއްޖޭގެ ކަންތައް ގޮސްފައިވާތީ ނިޒާރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
"ކޮބައިތޯ އަޅުގަނޑުމެން ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުވާ އެއްވެސް ކަމެއް މި ރާއްޖޭގައި އެބަހިނގާތޯ؟"