Last Updated: June 20, 11:49
Saturday, June 20, 2026
ކުޅިވަރު

ފޯރިގަދަ ކުޅުމަކަށް ފަހު ފުރަތަމަ މެޗް އާސެނަލަށް

ރޭގެ މެޗުގައި ލަކަޒެޓް ގޯލު ޖެހުމަށްފަހު އުފާ ފާޅުކުރަނީ: ފޮޓޯ: މިރާ

ރޭ އިނގިރޭސި ޕްރިމިއާ ލީގުގެ މިސީޒަނުގެ ފުރަތަމަ މެޗުގައި އާސެނަލް އަދި ލެސްޓާ ބައްދަލުކުރި މެޗު 3-4 އިން އާސެނަލް ކާމިޔާބުކޮށްފި އެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ ފުރަތަމަ ހާފުގެ ފުރަތަމަ މިނެޓުތެރޭ އާސެނަލްގެ އާ ފޯވާޑް، އެލެކްސެންޑަރ ލަކަޒެޓް ވަނީ އާސެނަލްއަށް ލީޑު ނަގާދީފައެވެ. އެލްނެނީ އޭރިޔާ ތެރެއަށް ހުރަސްކުރި ބޯޅަ ލަކަޒެޓް ވަނީ ފަސޭހަކަމާއެކު ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.

ނަމަވެސް ލެސްޓާ ވަނީ މާ ގިނައިރުތަކެއް ނުވެ ނަތީޖާ އެއްވަރުކޮށްފައެވެ. 5 ވަނަ މިނެޓުގައި އޮކަޒާކީވެސް ގޯލު ޖަހާފައިވަނީ ލައިނު މަތިން ހުރަސް ކުރި ބޯޅައެއް ބޮލުން ފޮނުވާލައިގެންނެވެ.

އާސެނަލްއިން އަނެއްކާވެސް ލީޑު ނަގަން މަސައްކަތް ކުރިއެވެ. ނަމަވެސް 29 ވަނަ މިނެޓުގައި ވާޑީވަނީ ލެސްޓާގެ ދެވަނަ ގޯލު ކާމިޔާބުކޮށް ލީޑު ނަގާފައެވެ. ނަމަވެސް އާސެނަލްއިން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލަނޑެއް ޖަހާފައެވެ. 45 ވަނަ މިނެޓުގައި މިލަނޑު ފެނިގެން ގޮސްފައިވަނީ ވެލްބެކްގެ ފަރާތުންނެވެ.

ދެވަނަ ހާފު ފެށިގެން މާގިނައިރުތަކެއް ނުވެ ލެސްޓާއިން ވަނީ މެޗުގެ ދެވަނަ ފަހަރަށް ލީޑު ނަގާފައެވެ. މިލަނޑުވެސް ޖަހާފައިވަނީ ފޯވާޑް ޖޭމީ ވާޑީއެވެ. އާސެނަލްގެ ފަހު ދެ ލަނޑު ފެނިގެން ގޮސްފައިވަނީ މެޗުގެ ވަރަށް ފަހުކޮޅުގައެވެ. 83 ވަނަ މިނެޓުގައި އެރޮން ރަމްސޭ ނަތީޖާ އެއްވަރުކޮށްފައިވާއިރު މެޗުން މޮޅުވި ލަނޑު ޖަހާފައިވަނީ އޮލީވިއާ ޖިރޫޑެވެ. ދެކުޅުންތެރިންވެސް ރޭގެ މެޗުގައި ކުޅެފައިވަނީ ބަދަލު ކުޅުންތެރިންގެ ގޮތުގައެވެ.