Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

ނައީމާއްތަ ،70، ފުލުހުންގެ ހައްޔަރަށް، މުޖުތަމަ އަށް ނުރައްކާތަ؟

ގައުމުގައި ހިނގާ އަނިޔާވެރިކަމާއި ކަރަޕްޝަނާއި، ނާއިންސާފަށް އާނ ބަސް ބުނެގެން ހުންނާކަށް ނައިމައްތަ ބޭނުމެއް ނޫނެވެ. އަނިޔާވެރިންގެ ކުރިމަތީގައި ހައްގު ބަސް ބުނަން ޖެހޭކަމަށް އަބަދުވެސް ނައީމައްތަ ގަބޫލް ކުރެއެވެ. ވަރިހަކަމޮށްލައިގެން ގޭގައި އޮންނާކަށް ބޭނުމެއް ނޫނެނެވެ.

ކަރަންޓް މުގުރާއ، ޕެޕަރ ސްޕްރޭ ޖަހާނެކަން އެނގެއެވެ. އެހެންވެ އުމުރުން 70 އަހަރުގައިވެސް ނައީމައްތ ހުރީ ހައްގުގައި ވަކާލާތުކުރަން މަގުމަތީގައެވެ. މަޖްލިސް މެމްބަރުންނަށް ނުހައްގުން ދައުވާ އުފުލައި ޖަލު ބަންދަށް ގެންގޮސްފައިވާތީ ރޭވެސް ނައިމައްތަ ހުރީ އިހްތިޖާޖުގައެވެ. ނަމަވެސް ރޭ ފުލުހުން ވަނީ މުޒާހަރާތެރެއިން ނައިމައްތަ ހައްޔަރުކޮށްގެން ގެންގޮސްފައެވެ.

ނައީމައްތަ ދޫކޮށްލުމަށް އެކިފަރާތްތަކުން ގޮވާލަމުން އަންނަ އިރު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ އަހްމަދު މަހްލޫފް ވިދާޅުވީ ރައީސް ޔާމީނަކީ ސީދާ ގަޓު ރައީސެއްކަން، ރޭ ނައީމައްތަ ހައްޔަރުކުރުމުން އެނގޭކަމަށެވެ.

ސޯޝަލް މީޑިއާގައި ނައީމައްތަ ދޫކޮށްލުމަށް ގޮވާލަމުންދާ ފަރާތްތަކުން ބުނަމުން ދަނީ އެސްއޯ ފުލުހުން މުޖްތަމައަށް ނުރައްކާތެރިވެގެން 70 އަހަރުގެ ނައިމައްތަވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން ހުއްޓުމެއްނެތި ސިލްސިލާކޮށް މާލޭގައި މުޒާހަރާތައް ބާއްވަމުން އަންނަ އިރު ކޮންމެ ރެއަކުވެސް ކޮންމެވެސް ވަރަކަށް މީހުން ފުލުހުން ހައްޔަރު ކުރެއެވެ.