Last Updated: June 29, 19:00
Monday, June 29, 2026
މުނިފޫހިފިލުވުން

"ސިމްރަން" ގެ ފުރަތަމަ ލަވަ ރިލީޒްކޮށްފި

ކަންގަނާ ރަނާވަތު އެންމެ ފަހުން ކުޅެފައިވާ ފިލްމް "ސިމްރަން" ގެ 'ލަގްޅީ ހޭ ތާއި' ލަވަ ރިލީޒްކޮށްފި އެވެ.

އެ ފިލްމުން ކަންގަނާ ފެނިގެންދާނީ ވަރިވެފައިވާ އަންހެނެއް ކަމަށްވާ ޕްރަފުލް ޕަޓޭލްގެ ރޯލުންނެވެ. އެގޮތުން "ލަގްޅީ ހޭ ތާއި" ލަވައިގައި ފެނިގެން ދަނީ ޕްރަފުލް އޭނާގެ ދިރިއުޅުން އެންމެ މަޖާ ގޮތުގައި އަދި އެންމެ އުފާވެރިކޮށް ހޭދަކުރާ މަންޒަރެވެ. މި އައިޓަމް ލަވަ އަކީ ބެލުންތެރިންގެ މޫނުތަކަށް ހިނިތުންވުން ގެނެސްދޭނެ ލަވައެއްކަން ޔަޤީނެވެ.

މި ލަވައިގައި ކަންގަނާ އޭނާގެ ކުޅަދާނަ ނެށުމުގެ ހުނަރުތައް ވަރަށް ފުރިހަމައަށް ބެލުންތެރިންނަށް ދައްކާލައެވެ.

މި ފިލްމްގައި ކަންގަނާ ކުޅެނީ ގުޖްރާތީ އަންހެން ކުއްޖެއްގެ ރޯލެވެ. އެހެންކަމުން އެ ރޯލް އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށްޓަކައި ކަންގަނާ ވަނީ ގުޖްރާތީ ބަހުން ރަނގަޅަށް ވާހަކަދެއްކުމަށް ކްލާސްތަކެއް ވެސް ނަގާފައެވެ.

ސޯހުމް ޝާހް ވެސް ފެނިގެންދާނެ ފިލްމް "ސިމްރަން" ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 15 ގައެވެ.