Last Updated: July 22, 10:02
Wednesday, July 22, 2026
ޚަބަރު

ގެސްޓް ހައުސް ކޮންފަރެންސަށް ހުޅުވާލައިފި

އަންނަ މަހު ބާއްވާ "ގެސްޓްހައުސް ކޮންފަރެންސް މޯލްޑިވްސް" ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މޯލްޑިވްސް ގެޓަވޭސް އިން އިންތިޒާމްކޮށްގެން ބާއްވާ މި ކޮންފަރެންސްއަކީ ގެސްޓްހައުސް ވިޔަފާވެރިން އެއް ތަނަކުން ބައްދަލުވެވޭނެ މާހައުލެއް ޤާއިމުކޮށްދީ، ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކެއް ފަހިކޮށް ދިނުމުގެ ގޮތުން ބާއްވާ ކޮންފަރެންސެކެވެ.

ގެޓަވޭސް އިން ބުނީ ކޮންފަރެންސްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް ހުޅުވާލައިފައިވާ ކަމަށެވެ.

އަދި ގެސްޓްހައުސް މޯލްޑިވްސް މެގަޒިންގެ 2018 ވަނަ އަހަރުގެ އަދަދުގައި ލިސްޓު ކުރާ ގެސްޓްހައުސްތަކަށް، ގެސްޓްހައުސް ކޮންފަރެންސްގައި ހިލޭ ބައިވެރިވެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.ކޮންފަރެންސްގައި 200 އަށް ގިނަ ފަރާތަކުން ބައިވެރިވާނެ ކަމަށް ވަނީލަފާކޮށްފަ އެވެ.

ގެސްޓްހައުސް ކޮންފަރެންސްގައި ވިޔަފާރި އާއި ނެޓްވޯކިންގް ބައްދަލުވުންތަކާއި އެޑިއުކޭޝަން ސެޝަންތައް ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ކަމަށް މޯލްޑިވްސް ގެޓަވޭސްއިން ބުންޏެވެ.

މި އަހަރަކީ މި ކޮންފަރެންސް ބާއްވާ ދެވަނަ އަހަރެވެ.