Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ތާއިދު ބަލަން އިންތިހާބަކަށް ދޭ، ރައީސް ޔާމީން ބަލި ކުރާނަން: މަހްލޫފް

ތާއިދު އޮތްތޯ ނެތްތޯ ބަލަން އިންތިހާބަކަށް ވަޑައިގެންނެވުމަށް ރައީސް އަބްދުﷲ ޔާމީންއަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފު ގޮވާލައްވައިފި އެވެ.

މަހްލޫފް ވިދާޅުވީ އިންތިހާބަކަށް ރައީސް ޔާމީން ވަޑައިގެންފިނަމަ 95 ޕަސެންޓުން ބަލި ކުރައްވާނެކަމަށެވެ.

މަހްލޫފް މިފަދައިން ވިދާޅުވީ ރައީސް ޔާމީނަށް އޮތް ތާއިދު ދައްކާލުމަށް ރާއްޖޭގެ 25 ރަށެއްގައި ކުރިއަށްގެންދާ ހަރަކާތަށް ނިސްބަތް ކުރައްވައެވެ.

ރައީސް ޔާމީނަށް އޮތް ތާއިދާއި ތަރައްޤީ ދައްކާލުމަށް ރާއްޖޭގެ އެކި ސަރަހައްދުގައި ޕީޕީއެމްއިން ދަނީ ހަރަކާތްތަކެއް ބާއްވަމުންނެވެ.