Last Updated: June 20, 11:49
Saturday, June 20, 2026
ކުޅިވަރު

ލިވަޕޫލާ ވަޓްފޮޑް ކުޅުނު މެޗު އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގެ ފުރަތަމަ ހަފްތާގެ ދެވަނަ މެޗުގައި މިއަދު ލިވަޕޫލާއި ވަޓްފޮޑް ކުޅުނު މެޗު ފޯރިގަދަ ކުޅުމަކަށްފަހު 3-3 އިން އެއްވަރުވެއްޖެއެވެ.

މެޗުގެ ފުރަތަމަ ގޯލު ޖަހައި ލީޑު ނަގާފައިވަނީ ވަޓްފޮޑްއިންނެވެ. 8 ވަނަ މިނެޓުގައި މިގޯލު ޖަހާފައިވަނީ ޗުކާއެވެ. 29 ވަނަ މިނެޓުގައި ލިވަޕޫލަށް ނަތީޖާ އެއްވަރުކޮށްދިނީ މަނޭއެވެ. ނަމަވެސް ވަޓްފޮޑްއިން ވަނީ 32 ވަނަ މިނެޓުގައި ދެވަނަ ފަހަރަށް ލީޑު ނަގާފައެވެ.

މެޗުގެ ދެވަނަ ހާފު ފެށިގެން މާގިނަ އިރުތަކެއް ނުވެ ލިވަޕޫލްގެ ރޮބާޓޯ ފިރްމީނޯ ވަނީ ޕެނަލްޓީއަކުން ނަތީޖާ ދެވަނަ ފަހަރަށް އެއްވަރުކޮށްފައެވެ. ދެ މިނެޓު ފަހުން ލިވަޕޫލްގެ އާ މިޑްފީލްޑަރު މުހައްމަދު ސަލާހް ވަނީ ލިވަޕޫލަށް ފުރަތަމަ ފަހަށް މެޗުގެ ލީޑު ނަގާދީފައެވެ.

މެޗުގެ ފުރިހަމަ ވަގުތު ނިމި، އިންޖަރީ ވަގުތުގެ ގޮތުގައި ރެފްރީ ދެއްކި 5 މިނެޓު ތެރޭގައި ލިވަޕޫލްއަށް ވަނީ އަނެއްކާވެސް ލީޑު ގެއްލިފައެވެ. މިގެލް ބްރިޓޮސް 93 ވަނަ މިނެޓުގައި ކާމިޔާބުކުރި ލަނޑާއެކު ވަޓްފޮޑް ވަނީ ލިވަޕޫލް އަތުން ދެ ޕޮއިންޓު އަތުލައިގެންފައެވެ.