Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ސައުދުގެ ބަންދަށް ހަތަރު ދުވަސް ޖަހައިފި

ގޮޑި ގެއްލިފައިވާކަމަށް އިލެކްޝަން ކަމިޝަނުން ނިންމާފައިވާ ގއ. ވިލިނގިލީ ދާއިރާގެ މެމްބަރ ސައުދު ހުސެއިންގެ ބަންދުގެ މުއްދަތު ހަތަރު ދުވަހަށް ކްރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ.

ޖުލައި 24 ވަނަ ދުވަހު މަޖްލިސް އިދާރާގެ ތެރެއަށް ވަން މައްސަލާގައި ބަންދުކޮށްފައިވާ ސައުދުގެ ބަންދާއި ގުޅޭ ގޮތުން ދައުލަތުން އެދިފައިވަނީ ޝަރީއަތް ނިމެންދެން ސައުދު ބަންދުގައި ބަހައްޓައި ދިނުމަށެވެ. ނަމަވެސް ކޯޓުން ސައުދުގެ ބަންދުގެ މުއްދަތު ދީފައިވަނީ ހަތަރު ދުވަހަށެވެ.

ސައުދުގެ މައްޗަށް ދައުލަތުން ވަނީ ޓެރަރިޒަމްގެ ދައުވާވެސް އުފުލާފައެވެ. އެއީ ހައިކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާން އަވަހާރަކޮށްލަން ރޭވިކަމުގެ ތުހުމަތުގައެވެ.