Last Updated: June 29, 19:00
Monday, June 29, 2026
މުނިފޫހިފިލުވުން

ފަރްދީން ޚާނަށް ފިރިހެން ކުއްޖަކު ލިބިއްޖެ

މަޝްހޫރު ފިލްމްތައް ކަމަށްވާ "ހޭ ބޭބީ" އާއި "ނޯ އެންޓްރީ" އިން ފެނިގެންދިޔަ ބޮލީވުޑްގެ އެކްޓަރު ފަރްދީން ޚާން އާއި އޭނާގެ އަންހެނުން ނަތާޝާ އަށް އަނެއްކާ ވެސް ކުއްޖަކު ލިބިއްޖެ އެވެ.

މިފަހަރު އެ ދެމަފިރިންނަށް ލިބިފައި ވަނީ ފިރިހެން ކުއްޖެކެވެ. ހޮނިހިރު ދުވަހު އުފަންވި އެ ކުއްޖާއަށް ދީފައިވާ ނަމަކީ އަޒޭރިއަސް ފަރްދީން ޚާން ކަމަށް އެ އާއިލާއިން ވަނީ އިއުލާންކޮށްފަ އެވެ.

އަޒޭރިއަސް އުފަންވި ކަމުގެ ޚަބަރު ފަރްދީން ޚާން ވަނީ ޓްވިޓާ މެދުވެރިކޮށް ޕޯސްޓްކޮށްފައެވެ.

ފަރްދީން ޚާން އެކްޓް ކޮށްފައިވާ އިތުރު ބައެއް ފިލްމްތަކުގެ ތެރޭގައި "އޯމް ޖޭ ޖަގްދީޝް" އަދި "ލަވް ކެ ލިޔޭ ކުޗް ބީ ކަރޭގާ" ހިމެނެއެވެ.

އަޒޭރިއަސް ގެ ފޮޓޯއެއް އަދި ފަރްދީން އާއި ނަތާޝާ އާންމުންނަށް ދައްކާލާފައެއް ނުވެއެވެ.