ކްލަވް މެޑް ކަނިފިނޮޅު ރިސޯޓްގައި ހުރި ދެ ކޮޓަރިއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އިއްޔެ ހަވީރު އިއުއޮއްސި 18:10 ހާއިރު ހިނގި އެ ހާދިސާގައި އެ ދެ ކޮޓަރިވެސް ވަނީ މުޅިން އަނދާ ހުލިވެފައެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި އެންމެ ފުރަތަމަ އަލިފާން ރޯވީ އެ ރިސޯޓްގެ އެއް ކޮޓަރީގައެވެ. އެއަށްފަހު އިތުރު ކޮޓަރިއެއްގައި ވެސް އަލިފާން ރޯވިއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާ ކަމުގަ ޚަބަރެއް ލިބިފައި ނުވެއެވެ.
އެ ރިސޯޓްތަކުގެ ކޮޓަރިތަކުގައި ރޯވި އަލިފާންގަނޑު ވަނީ އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސާރވިސް ގެ އެހީތެރިކަމާއިއެކު ނިއްވާލާފައެވެ.