ރާއްޖެ ޓީވީގައި ދެއްކި ވާހަކައަކާއި ގުޅިގެން ފުލުހުން ބަލަމުންދާ މައްސަލައަކަށް މާދަމާ ހަވީރު 4 ޖަހާއިރަށް ތިމަރަފުށީ ދާއިރާގެ މެމްބަރ މުހައްމަދު މުސްޠަފާ ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފިއެވެ.
މުސްޠަފާ މީގެ ކުރިންވެސް ފުލުހަށް ހާޒިރުވާން ޗިޓް ފޮނުވިއެވެ. ނަމަވެސް ފަހު ވަގުތު ފުލުހުންވަނީ އެޗިޓް ބާޠިލްކޮށްފައެވެ.
މުސްޠަފާ ފުލުހަށް ހާޒިރު ކުރަނީ ރައީސް ޔާމީންގެ ވެރިކަން ވައްޓާލުމަށާއި، އައިރު ގާނޫނީ އަމަލް ހިންގުމަށް ހިތްވަރު ދެއްވައި ދެއްކެވި ވާހަކަތަކާއި ގުޅޭގޮތުން ނަގަން ޖެހޭ ބަޔާން ނެގުމަށްކަމަށް ފުލުހުން ބުންޏެވެ.
މުސްޠަފާ ވިދާޅުވީ އެމަނިކުފާން ދައްކަވަނީ ރައީސް ޔާމީން މީޑިއާ ތަކުގައި ދައްކަވާފައިހުރި ވާހަކަތައް ކަމަށެވެ.