Last Updated: June 9, 17:53
Tuesday, June 9, 2026
ޚަބަރު

"މޫސަ ކޯޓުގެ ހުރުމަތް ކެނޑުން ތާރީޚުން ފޮހެވިގެން ނުދާނެ"

ހުޅުހެންވޭރު ދާއިރާގެ މަޖިލިސް މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މޫސާ މަނިކު، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ހުރުމަތް ކަނޑާލުމަށް ކުރި މަސައްކަތް ޕީޕީއެމް އާއި ގުޅިވަޑައިގަތަސް ތާރީޚުން ފޮހެވިގެން ނުދާނެ ކަމަށް ތިނަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަބްދުﷲ އަހްމަދު ވިދާޅުވެއްޖެ އެވެ.

މެންބަރު އަބްދުﷲ މިހެން ވިދާޅުވެފައި ވަނީ މިއަދު އެބޭފުޅާ ކުރެއްވި ޓްވީޓެއްގައެވެ.

މަގުމަތީގައި ކޯޓުތައް ހަދައިގެން ކޯޓުތަކުގެ ހުރުމަތް ކެނޑުމަށް ކުރި މަސައްކަތް ޕީޕީޢެމް އާއި ގުޅުމުން ތާރީޚުން ފޮހެވިގެން ނުދާނެ

މެންބަރު އަބްދުﷲގެ ފާޑު ކިޔުންތައް މޫސަ އަށް އަމާޒުވެފައިވާއިރު، އެމްޑީޕީގެ ވެރިކަމުގެ ތެރޭގައި ލޮނުޒިޔާރަތްކޮޅުގައި އެ ޕާޓީން ބޭއްވި އެއްވުންތަކުގައި މޫސަ އަމިއްލައަށް ރައްޔިތުންގެ ކޯޓު ހައްދަވައިގެން "ހުކުމް" ކުރައްވާފައި ވެއެވެ.