Last Updated: June 9, 16:46
Tuesday, June 9, 2026
ޚަބަރު

"މުވައްޒަފުން ނުނިކުންނަންޏާ، ދެން ނެރެން ޖެހޭނީ ބިދޭސީން"

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ހަރަކާތްތަކަށް ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުން ނުނިކުންނަ ނަމަ، ދެން ނެރެންޖެހޭނީ ބިދޭސީން ކަމަށް އެޕާޓީގެ ރައީސް ޔާމީން ފެކްޝަންގެ ޑެޕިއުޓީ ލީޑަރ އަދި ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ޒަމީރު މިހެން ވިދާޅުވީ ރޭ މާލޭގައި ޕީޕީއެމްގެ "ރާސްޓަސް" ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ޔާމީންގެ ސަރުކާރުން 90،000 ވަޒީފާ އުފައްދާފައިވާ ކަން ފާހަގަކުރައްވައި ޒަމީރު ވިދާޅުވީ، މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުން ރައީސް ޔާމީނަށް ތާއިދުކޮށް ނުކުންނަ މީހުންނަކީ އެއްވެސް މަޖުބޫރު ކަމެއް ނެތި ނުކުންނަ ބައެއް ކަމަށެވެ. އަދި އެ މީހުންނަކީ ރައީސް ޔާމީންވަޒީފާ ހޯދާއިދިނުމުން، މިހާރު އެމަނިކުފާނަން ތާއިދުކޮށް 2018 ގައި ރައީސް ޔާމީނަށް އިންތިޚަބު ކާމިޔާބު ކޮށްދިނުމަށް މަސައްކަތް ކުރާ މީހުން ކަމަށް ޒަމީރު ވިދާޅުވިއެވެ.

"ކޮންމެ ބަޔަކު ސިޔާސީ ހަރަކާތެއް ބޭއްވިއަސް ނުކުންނާނީ ވަޒިފާތަށް ލިބިފައި ތިބި މީހުން، އެހެންވީހަމަ ކިހިނެއްތޯ، ދެންޖެހޭނީ..ދެންޖެހެނީ މިތާ ބަގްލަދޭޝްއިން އައިސްތިބި މީހުން ނޫނީ އިންޑިއާއިން އައިސްތިބި މީހުން ގެންނަން، އެމީހުނަކަށް ވޯޓެއް ނުލެވޭނެ، އެހެންވީމަ އަޅުގަނޑުމެންގެ މީހުނެއްނު ގެންނަން ޖެހޭނީ" ޒަމީރު ވިދާޅުވިއެވެ.

ޕީޕީއެމްގެ ހަރަކާތްތަކުގައި ބައިވެރިވުމަށް ސަރުކާރުގެ ކުންފިތަކުގެ މުވައްޒަފުނަށް ވަޒީފާގެ ބިރުދެއްކުމަކީ އާއްމު ކަމެކެވެ. އެގޮތުން ދާދި ފަހުން ހިތަދޫގައި ޕީޕީއެމް އިނ ްބޭއްވި ހަރަކާތެއްގައި ބައިވެރިވުމަށް ހައުސިން މިނިސްޓްރީ އަދި އެޗްޕީއެލްގެ މުވައްޒަފުންނަށް މަޖުބޫރުކޮށްފައިވާ ކަން ފާހަގަކޮށްލެވެއެވެ.