Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ޝަންގްރިއްލާގެ ރޫމްބޯއިންނަށް ދިވެހިންގެ ބަދަލުގައި ބަންގްލަދޭޝް މީހުން

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ސާވިސް ލެވެލްގެ ވަޒީފާގައި ބިދޭސީންނަށް ނުތިބެވޭނެ ގޮތަށް އޮތަސް އައްޑޫގައި ހިންގާ ޝަންގްރިއްލާ ރިސޯޓުގެ ރޫމް ބޯއިންނަށް ބަންގްލަދޭޝް މީހުން ހަމަޖައްސަމުންދާ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

ޝަންގްރިއްލާ ވަޒީފާދިން ބަންގްލަދޭޝްގެ ރޫމް ބޯއި،މިއަދުގެ ހައުސް ކީޕިން މީޓިންގައި، ފޮޓޯ: ހިލާލް މިއާ

"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ދާދި ފަހުން ޝަންގްރިއްލާގެ ރޫމް ބޯއި އަކަށް ހުރި ހިތަދޫ ޒުވާނަކު ވަޒީފާއިން ކެނޑިގެން އެހެން ރިސޯޓަކަށް ދިއުމުން އެ މަގާމަށް އެރަށް ސާފު ކުރުމުގެ މަސައްކަތް ކޮންޓްރެކްޓަރ އުސޫލުން ދީފައިވާ ކުންފުންޏެއްގެ ބިދޭސީ މުވައްޒަފަކަށް ވަނީ ދީފައެވެ.

އެ ބަންގްލަދޭޝް މުވައްޒަފު މިއަދު ހައުސިން ކީޕިން މީޓިންގައި ހުރިހާ ލިޔެ ކިއުމަކާއި އެކު ގޮސްއިން ފޮޓޯއެއްވެސް އައްޑޫލައިވްއަށް ވަނީ ލިބިފައެވެ.

އިންޑިއާގެ ޖީއެމްއަކު ޝަންގްރިއްލާ އާއި ހަވާލުވިފަހުން ދިވެހިންނާއި ބޭރު މީހުންނާއި މެދު ގެންގުޅޭ ތަފާތުވުންތައް ވަނީ ބޮޑުވެފައެވެ. އެގޮތުން ސަރުކާރުގެ އުސޫލްތަކާއި ހިލާފަށް ސާވިސް ދާއިރާގެ އިސް މަގާމުތަކަށާއި އެހެނިހެން މަގާމުތަކަށް ގިނަ ބޭރު މީހުންވަނީ ގެނެސްފައެވެ.

"އައްޑޫލައިވް" އާއި ވާހަކަދެއްކި ޝަންގްރިއްލާ މުވައްޒަފަކު ބުނީ މިހާރުވެސް ދިވެހިންނަށް ވުރެ ބިދޭސީން ޝަންގްރިއްލާގައި ވަޒީފާ އަދާކުރާވަރު އިތުރުކަމަށެވެ. އަދި މިކަން ބެލުމަށް ސަރުކާރުގެ އެއްވެސް ކަމާއި ބެހޭ ފަރާތަކުން މަސައްކަތެއް ނުކުރައްވާކަމަށެވެ.

މިކަމާއި ގުޅިގެން ޝަންގްރިއްލާ މާލޭ އޮފީހުން ބުނީ ބިދޭސީ މުވައްޒަފަކު ވަޒީފާ ހަމަޖެއްސިކަން އަދި އެނގިފައި ނުވާކަމަށާއި އެކަން ކުރާނީ އެޗް އާރުން ކަމަށެވެ.