Last Updated: June 20, 10:55
Saturday, June 20, 2026
ޚަބަރު

ލަންކާ އެކްސިޑެންޓެއްގައި ދިވެހި ދެމަފިރިއަކަށް އަނިޔާވެއްޖެ

އެކްސިޑެންޓުވި އޮޓޯ-ފޮޓޯ: އަބްދުﷲ ޖަމާލް

އަވަށްޓެރި ސްރީ ލަންކާގައި ރޭގެ ވަގުތެއްގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި ދެމަފިރިޔަކަށް އަނިޔާވެއްޖެ އެވެ.

އެކްސިޑެންޓު ހިނގާފައި ވަނީ ދިވެހި ދެމަފިރިން ދަތުރުކުރަމުންދިޔަ ކުރޮޅީގައި ކާރެއް ކޮންޓްރޯލުން ނައްޓައިގެން ގޮސް ޖެހިފައެވެ. މިއެކްސިޑެންޓުގައި އަނިޔާވި ދެދިވެހީންނަށްވެސް ބޮޑެތި ޒަޚަމްތަކެއް ލިބިފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ނަމަވެސް ބޮޑަށް އަނިޔާވެ ހާލު ސީރިއަސްވެފައިވަނީ ފިރިހެން މީހާއަށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ލަންކާ ހޮސްޕިޓަލުގައި ދެމީހުނަށްވެސް ފަރުވާދެމުން އަންނައިރު އަންހެން މީހާ ވަނީ މިހާރު ވޯޑަށް ބަދަލުކޮށްފައެވެ. ނަމަވެސް ފިރިހެން މީހާއަށް އަދިވެސް އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށް "ރާއްޖެއެމްވީ" އިން ވަނީ ރިޕޯޓުކޮށްފައެވެ.

މިއެކްސިޑެންޓުގައި އަނިޔާވެފައިވަނީ މާލެއަށް ނިސްބަތްވާ 34 އަހަރުގެ އަންހެނަކަށާއި 37 އަހަރުގެ ފިރިހެނަކަށެވެ. ދެމީހުން ދިރިއުޅެމުންދަނީ ލަންކާގައި ކަމަށް މައުލޫމާތު ލިބެއެވެ.