Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

އެމްސީއެސްގެ އިސް އޮފިސަރަކު ސަސްޕެންޑްކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) ގައި ވަޒީފާ އަދާކުރާތާ ގިނަ ދުވަސް ވެފައިވާ އިސް އޮފިސަރަކު ކުއްލިގޮތަކަށް ސަސްޕެންޑްކޮށްފި އެވެ.

ސަސްޕެންޑް ކޮށްފައި ވަނީ ސުޕްރިންޓެންޑެންޓް މުހައްމަދު އާސިފެވެ.

ހުޅުމާލޭގެ ޑިޓެންޝަންސް ސެންޓަރާއި ހަވާލުވެ ހުންނެވި އާސިފް ސަސްޕެންޑް ކުރީ ކީއްވެގެން ކަން އެމްސީއެސް އިން ހާމަކޮށްފައެއް ނުވެއެވެ.

އެމްސީއެސްގައި މަސައްކަތް ކުރާތާ ގިނަ ދުވަސްވެފައިވާ އާސިފަކީ ޖަލު ބެލެހެއްޓުމުގެ ދާއިރާ އިން މަތީ ފެންވަރުގެ ކޯސްތައް ފުރިހަމަ ކުރައްވާފައިވާ ބޭފުޅެކެވެ.