Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ހިތަދޫގައި ހުންނަ ޕީޖީ އޮފީހުގެ ބިއްލޫރިތައް ތަޅާލައިފި

އައްޑޫ ސިޓީ ހިތަދޫގައި ގާއިމްކޮށްފައިވާ، ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުގެ ގޮތްޕަށް ގެއްލުންތަކެއް ދީފިއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ދެއްވަމުން ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ، އެ އޮފީހުގެ ބައެއް ބިއްލޫރިތައް ތަޅާލާލައި ގެއްލުން ދީފައި ވަނީ ރޭ ގެ ވަގުތެއްގައި ކަމަށެވެ. އޮފިޝަލް ވިދާޅުވި ގޮތުގައި ބިއްލޫރިތައް ތަޅާލި ބަޔަކު އެ އޮފީހުން އެއްވެސް އެއްޗެއް ވަގަށް ނެގިތޯ ބަލަމުން ގެންދާ ކަމަށެވެ.

ޕީޖީ އޮފީސް ހިންގާ އިމާރާތަށް ގެއްލުންތަކެއް ދިން މައްސަލަ ހިތަދޫ ޕޮލިސް ސްޓޭޝަނުން މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ދެކުނުގެ އަތޮޅުތަކަށް ޚާއްސަކޮށްގެން ހަދާފައިވާ ޕީޖީ އޮފީހުގެ ގޮފި ހިންގަނީ ކުއްޔަށް ނަގާފައިވާ އަމިއްލަ މީހެއްގެ އިމާރާތެއްގައެވެ.