ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ތަޙުޤީޤު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ޏ. ފުވައްމުލައް/ދަޑިމަގު، ސަންޝައިން، ނިޝާދު އަޙްމަދު (31އ) އެވެ.
ނިޝާދު އަޙްމަދު ހޯދަމުންދަނީ "ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ތަޙުޤީޤު ކުރަމުންދާ ބޭންކް މޯލްޑިވްސްގެ ލަކީޑްރޯއަކުން ހޮވިފައިވާކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ޓްރާންފާ ކުރުވާފައިވާ މައްސަލައާ ގުޅިގެން" ކަމަށް ފުލުހުން ކުރި އިއުލާނެއްގައި ވެއެވެ.
އެހެންކަމުން، އޭނާ އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުވައްމުލަކު ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9792803 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.