Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ރިލްވާންގެ "ސުވާލު މާޗް" އަށް ދިޔަ ބަޔަކު ވަޒީފާއިން ވަކިކޮށްފި

ރިލްވާންގެ ހަނދާނުގައި މިމަހުގެ 8 ވަނަ ދުވަހު މާލޭގައި ބޭއްވި ހިނގާލުން، ފޮޓޯ ރާއްޖެއެމްވީ

ވީނުވީއެއް ނޭގި ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ ހަނދާނުގައި މިމަހުގެ 8 ވަނ ދުވަހު މާލޭގައި ބޭއްވި ހިނގާލުމުގައި ބައިވެރިވި ފުލުހުންގެ ސިވިލް މަގާމުގައި ތިބި ދެމީހަކު ވަޒީފާއިން ވަކިކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުންގެ ސިވިލް ވަޒީފާއިން ވަކިކޮށްފައިވަނީ ގެއްލިފައިވާ ނޫސްވެރިޔާ ރިލްވާންގެ ކޮއްކޮ އަހްމަދު ޖޫޒީން އާއި މަރާލާފައިވާ ޒުވާން ބްލޮގަރ ޔާމީން ރަޝީދުގެ ކޮއްކޮ އާއިޝާ ރަޝީދުއެވެ.

ރިލްވާންއަށް ވީނުވީއެއް ނޭގި ގެއްލިފައިވާތާ 3 އަހަރުވަނީ ވެފައެވެ. ރިލްވާންގެ ހަނދާނުގައި ބޭއްވި "ސުވާލު މާޗް" ހިނގާލުން ފުލުހުންވަނީ ޕެޕަރ ސްޕްރޭ ޖަހައި ހުއްޓުވާފައެވެ. އެހިނގާލުމުގެ ތެރެއިން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ މަހްލޫފް އާއި މެދު ހެންވޭރު ދާއިރާގެ މެމްބަރ އަލީ އާޒިމް ވެސް ފުލުހުން ހައްޔަރުކުރިއެވެ. ނަމަވެސް ފަހުން ވަނީ ދޫކޮށްލާފައެވެ.