Last Updated: June 9, 16:46
Tuesday, June 9, 2026
ޚަބަރު

"މެންބަރުން މަރާލިޔަސް ޔާމީނަކަށް މަޖިލީހުގެ މެޖޯރިޓީއެއް ނުލިބޭނެ"

އިދިކޮޅު ފަރާތްތަކާއި އެކު ތިއްބެވި މަޖިލިސް މެންބަރުންގެ ތެރެއިން 20 މެންބަރުންގެ ގަޔަށް ބަޑި ޖަހައި މަރާލިޔަސް، އިރާދަކުރެއްވިއްޔާ ދެން ރައީސް ޔާމީނަށް މަޖިލީހުގެ މެޖޯރިޓީ ނުލިބޭނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދް މަހްލޫﷲް ވިދާޅުވެއްޖެއެވެ.

މަހްލޫފް މިހެން ވިދާޅުވީ، މއިަދު ހަވީރު އިދިކޮޅު ފަރާތްތަކުން މ.ކުނޫޒް ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

"20 މެންބަރުން ބަޑިޖަހާ މަރާލިޔަސް އިރާދަކުރެއްވިއްޔާ މަޖިލީހުގެ މެޖޯރިޓީ ދެން ރައީސް ޔާމީނަކަށް ނުލިބޭނެ."

މަހްލޫފް ވިދާޅުވި ގޮތުގައި 20 މެންބަރުންގެ ގަޔަށް ބަޑިޖަހައި މަރާލާފައި މަޖިލީހުގެ ޖަލްސާ އެއް ބޭއްވި ނަމަވެސް ނަމަވެސް ދެން ޕީޕީއެމް އަކަށް 43 ވޯޓް ހަމަ ނުކުރެވޭނެ ކަމަށާއި އެއަށް ވުރެ އިދިކޮޅު ފަރާތްތަކުގެ ބާރު މަޖިލީހުގައި ގަދަ ކަމަށެވެ.

މަހްލޫފް ވިދާޅުވި ގޮތުގައި ރައީސް ޔާމީނަށް މަޖިލީހުގެ މެޖޯރިޓީ ގެއްލުމުން އެ މެޖޯރިޓީ ހޯދުމަށް ހަވާލުކޮށްފައި ވަނީ ފުލުހުންނާއި ކަމަށެވެ. އެހެން ނަމަވެސް އެކަން ނުކުރެވޭނެ ކަމަށް މަހުލޫފް ވަނީ ތަކުރާރުކޮށް ވިދާޅުވެއެވެ.

އިދިކޮޅު 12 މެންބަރެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވީ އެ މެންބަރުންނަށް ބިރު ދެއްކުމުގެ ގޮތުން ކަން ފާހަގަކުރައްވައި މަހްލޫފް ވިދާޅުވީ އެއީ ބޭކާރު ކަމެއް ކަމަށާއި އިދިކޮޅު އެއްވެސް މެންބަރަކު ފަހަތަށް ނުޖެހޭނެ ކަމަށެވެ.