Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

ހުޅުމީދޫގައި ޕޭސްޓްރީ ކޯހަކަށް ހުޅުވާލައިފި

އައްޑޫގެ އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީން ހުޅުމީދުގައި ޕޭސްޓްރީ ކޯހެއް ބާއްވަން ނިންމައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި ކޯހުގައި ބައިވެރި ކުރަން ހަމަޖެހިފައި ވަނީ ޖުމްލަ 20 މީހުންނަށެވެ. އެއީ ކޮންމެ އަވަށަކުން 10 މީހުންނަށެެވެ.

ކޯހުގައި ބައިވެރިވާން 500ރ. ގެ ދައްކަން ޖެހެ އެވެ.

ކޯހަށް އެދޭ ފޯމް ދޫކުރުމާއި ބަލައި ގަތުން އޮންނާނީ ހުޅުދޫ އަވަށު އޮފީހާއި މީދޫ ފޯމްތައް މީދޫ އަވަށު އޮފީހުގަ އެވެ. ފޯމް ދޫކުރަން ފަށާނީ މާދަމާ އިން ފެށިގެންނެވެ.

ފޯމް ހުށަަހަޅަން ޖެހޭ އެންމެ ފަހު ތާރީހަކީ މި މަހުގެ 22 ވަނަ ދުވަހެވެ.

އެހެން ނަމަވެސް ކޯސް ފަށާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.