Last Updated: June 9, 16:46
Tuesday, June 9, 2026
ޚަބަރު

ސުޕްރީމް ކޯޓުގެ އިމާރާތް ސާފުކޮށްދޭނެ ފަރާތެއް ހޯދަނީ

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ހިންގާ އިމާރާތް ސާފުކޮށްދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފިއެވެ.

ސުޕްރީމް ކޯޓުގެ އިމާރާތް ފޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކޯޓުން އިއުލާންކޮށްފައި ވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ.

އެ އިއުލާނުގައި ބުނެފައިވާ ގޮތުން އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން 17 އޮގަސްޓު 2017 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް އެ ކޯޓަށް ގޮސް މައުލޫމާތު ސާފުކުރަން ޖެހެއެވެ.

ސުޕްރީމް ކޯޓުގެ އިމާރާތް ފޮޅާ ސާފުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަނޑި އަކީ 21 އޮގަސްޓު 2017 ވާ ހޯމަ ދުވަހުގެ 14:00 އެވެ.

ދިވެހިރާއްޖޭގެ ދުސްތޫރީ ހަޔާތުގައި އެންމެ ފުރަތަމަ ސުޕްރީމް ކޯޓެއް ޤާއިމު ކުރެވުނީ 18 ސެޕްޓެމްބަރ 2008 ގައެވެ. އެގޮތުން އެންމެ ފުރަތަމަ ސުޕްރީމް ކޯޓު ހިންގާފައި ވަނީ މުލިއާގޭގައެވެ. އެހެން ނަމަވެސް ކުޑަ ދުވަސްކޮޅަކަށް ފަހު ސަރުކާރުން ވަނީ ތީމުގެއަށް ސުޕްރީމް ކޯޓު ބަދަލުކޮށްފައެވެ.

ތީމުގެ އަކީ ކުރީގެ ރައީސް މައުމޫން އަބްދުލްްޤައްޔޫމްގެ ވެރިކަމުގެ ދުވަސްވަރު ރިޔާސީ ގަނޑުވަރުގެ ގޮތުގައި ބޭނުންކުރެއްވި ތަނެކެވެ.