Last Updated: June 9, 14:14
Tuesday, June 9, 2026
ޚަބަރު

ސެމްސަންގެ ގެލެކްސީ ނޯޓެއް ވަގަށް ނެގި މީހަކު ޖަލަށް

މާލޭގެ ފިހާރައަކުން ސެމްސަންގެ ގެލެކްސީ ނޯޓް ބްރޭންޑްގެ މޮބައިލް ފޯނަކާއި ސެމްސަންގެ ކެމެރާ އެއް ވަގަށް ނެގި މީހަކު 1 އަހަރު ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

އޯގަސްޓް މަހުގެ 6 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ޖަލަށް ލުމަށް ހުކުމް ކޮށްފައި ވަނީ، ސ.ފޭދޫ، ސުވާސާގޭ އިބްރާހިމް ސަޢީދެވެ.

އިބްރާހިމް ސަޢީދު ވައްކަން ކޮށްފައި ވަނީ، މާލޭގައި ހުންނަ 'ސްމާޓް ފޯން' ފިހާރައިންނެވެ. އޭނާ ވަނީ އެ ފިހާރައިން ވައްކަން ކުރިކަމަށާއި އަދި ވަގަށް ނެގި ކެމެރާ އާއި ފޯން އެހެން މީހަކަށް ވިއްކާލި ކަމަށް ޝަރީޢަތުގެ މަޖިލީހުގައި އިޢުތިރާފްވެފައެވެ.