Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު

ފުލުހުން އައުމުން ރާފުޅި ބިން މައްޗަށް އަޅާލި ހިތަދޫ މީހަކު ޖަލަށް

ތަފާތު އެކި އޮޕަރޭޝަން ތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު ބަނގުރާ ފުޅިތަކެއް ނައްތާލަނީ --

ބަނގުރާ ބޯން ތިއްބައި ފުލުހުން ދިއުމުން، އެ ބަނގުރާ ފުޅި ބިން މައްޗަށް އަޅާލި، ހިތަދޫ މީހަކު ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

އޯގަސްޓް މަހުގެ 2 ވަނަ ދުވަހު 3 މަހާއި 18 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައި ވަނީ، ސ.ހިތަދޫ/ ފިއުނިމާގެ އަލީ ޢިމްރާންގެ މައްޗަށެވެ. އޭނާގެ މައްޗަށް ހުކުމް ކޮށްފައި ވަނީ ޝަރީޢަތުގެ މަޖިލީހުގައި ވި އިޢުތިރާފްގެ މައްޗަށް ބިނާކޮށެވެ.

ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނެފައިވާ ގޮތުން، ސ/ހިތަދޫ ފިއުނިމާގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރާކަމަށް ލިބުނު ރިޕޯޓަކާއި ގުޅިގެން ފުލުހުން އެގެއަށް ގޮސް ބެލިއިރު އެގޭގެ ގޯތިތެރޭގައި ހުރި ގޮނޑިއެއްގައި އިމްރާން އިނދެފައި ފުލުހުން ފެނުމުން އިމްރާން ވަނީ އޭނާގެ އަތުގައި އޮތް ފުޅިއެއްގައި ހުރި އެއްޗެއް ބިން މައްޗަށް ވައްޓާލާފައެވެ.

އެ ފުޅީގައި ހުރި އެއްޗިހި ތަހުލީލު ކުރުމުން ބަނގުރަލަށް ޕޮޒިޓިވް ވެފައިވާ ކަމަށް ތަހްލީލް ރިޕޯޓުތަކުން ދައްކާ ކަމަށް ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނެފައިވެއެވެ.