Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ޕީޕީއެމްގެ ކެމްޕެއިން ޖަގަހަ "ރުމާލު2" ހުޅުވައިފި

މާލެހިޔާ ކައިރީ ކުރިން ވަގުތީ މިސްކިތް ހުރި ހުސްބިމުގައި ޕީޕީއެމުން ހަދާފައިވާ "ރުމާލު2" ޖަގަހަ ހުޅުވައިފިއެވެ.

މި ޖަގަހަ ހުޅުވައިދެއްވާފައި ވަނީ ރައީސް އަބްދުﷲ ޔާމިނެވެ.

"ރުމާލު2" ޖަގަހަ ހުޅުވައި ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އާއ މަޖިލިސް މެންބަރުންނާއި ބައެއް ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މާލެހިޔާ ކައިރީ އޮންނަ ހުސްބިމުގައި ޕީޕިއެމުން "ރުމާލު2" ޖަގަހަ ހަދާފައި މިވަނީ، އެތަން ތަރައްގީކޮށް ހިންގުމަށް ހައުސިން މިނިސްޓްރީން އެ ބިން ކުއްޔަށް ދީފައިވާ ފަރާތާއެކު ހަދާފައިވާ އެގްރިމެންޓެއްގެ ދަށުން ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.