ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް އިންތިހާބަކާއި ނުލައި 2018 ކާމިޔާބު ކުރެިވދާނެ ކަމަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އަދުރޭ މިހެން ވިދާޅުވީ، ޕީޕީއެމްގެ "ރުމާލު 2" ޖަގަަހަ ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
އިދިކޮޅު ފަރާތްތަކުން 2018 އަށް ނެރޭނެ ކެނޑިޑޭޓެއް ނުފެންނަ ކަން ފާހަގަ ކުރައްވައި އަދުރޭ ވިދާޅުވީ، ފަހަރެއްގައި އިންތިހާބަކާއި ނުލައި ވެސް 2018 ކާމިޔާބުކޮށް ރައީސް ޔާމީނަށް އިތުރު ދައުރެއްގައި ވެރިކަން ކުރެއްވޭނެ ކަމަށެވެ.
ކުރިއަށް އޮތްތަނުގައި ޕީޕީއެމްގެ ހަރަކާތްތައް މަޑުކަމެއް ނާންނާނެ ކަމަށާއި އެ ޕާޓީން ހިންދެމިލާނީ 2018 ރައީސް ޔާމީނަށް ކާމިޔާބުކޮށްދީފައި ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
އަދި ޕީޕީއެމުން ބޭނުންވަނީ ކަން ކުރަން ކަމަށާއި ކަންކޮށްފައި ރައްޔިތުންނަށް ދައްކާނެ ކަމަށްވެސް ވިދާޅުވި އެވެ.