Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ހަނގުރާމަ ކުރަމުން މިދަނީ އަޅުގަނޑުގެ އަޚުންނާއި: ރައީސް ޔާމީން

ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު ހަނގުރާމަކުރައްވަމުން ގެންދަވަނީ އަޚުންނާއި ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

މާލޭގައި މިރޭ ޕީޕީއެމްގެ "ރުމާލު-2" ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ހަނގުރާމަ ކުރައްވަމުން ގެންދަވަނީ އެމަނިކުފާނުގެ އަޚުންނާއި ކަމަށެވެ.

ހަނގުރާމައިގެ ވާހަކަ އިތުރަށް ތަފްސީލްކޮށް ދެއްވަމުން ރައީސް ޔާމީން ވިދާޅުވި ގޮތުގައި އެމަނިކުފާނު ހަނގުރާމަ ކުރައްވަން ޖެހުނު ބޭފުޅުންގެ ތެރޭގައި ނައިބު ރައީސުންނާޢި ވަޒީރުން ވެސް ހިމެނިވަޑައިގަންނަވާ ކަމަށެވެ.