Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ގޮޑީގެ މައްސަލައިގެ ލިޔެކިއުން ތަކުގައި ސޮއި ކުރުވައިފި

ރައްޔިތުންގެ މަޖިލީހުގެ ތިން ދާއިރާއެއްގެ ގޮޑި ގެއްލިފައިވާކަމަށް އިލެކްޝަން ކަމިޝަނުން ނިންމުމާއި ގުޅިގެން ގޮތެއް ކަނޑައަޅައި ދިނުމަށް ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ބަޔާންތަކުގައި ސޮއި ކުރުވަމަށް މައްސަލަ ހުށަހެޅުއްވި މުހައްމަދު އަމީތު އާއި ސައުދު ހުސެއިންގެ އިތުރުން މުހައްމަދު ވަހީދު މިއަދު ސްޕްރީމް ކޯޓަށް ހާޒިރުކޮށްފިއެވެ.

އަމިތު އަޢި ސައުދު އަދި މުހައްމަދު ވަހީދު ހުށަހެޅުއްވި މައްސަލަތަކުގެ އަޑުއެހުން ނިންމާފައިވާ އިރު ދެން އޮތީ އެ މައްސަލައިގެ ހުކުމް ކުރުމެވެ. ނަމަވެސް ހުކުމް ކުރާ ތާރީހެއް ސްޕްރީމް ކޯޓުން އަދި ހާމަކޮށްފައި ނުވެއެވެ.

މި ތިން މެމްބަރުންގެ އިތުރުން ދިއްދޫ ދާއިރާގެ މެެމްބަރ އަބްދުއް ލަޠީފް މުހައްމަދު ހުށަހެޅުއްވި މައްސަލައިގެ އަޑުއެހުންވެސް ވަނީ ސްޕްރީމް ކޯޓުން ނިންމަވާފައެވެ. ނަމަވެސް ލަޠީފް ބަޔާންތަކުގައި ސޮއި ކުރެއްވުމަށް ގެންދެވިކަން ނުވަތަ ނޫންކަން ސާފެއް ނުވެއެވެ. އަމިތު އާއި ސައުދު އަދި ވައްޑެ ތިއްބެވީ މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު މަޖްލިސް އިދާރާއަށް ވެންނެވި މައްސަލާގައި ހައްޔަރުކޮށްފައެވެ.