Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

އުރީދޫގެ އާ ކަސްޓަމަރުންނަށް ހިލޭ ޑޭޓާ ލިބޭ ޕްރޮމޯއެއް ފަށައިފި

އުރީދޫ މޯލްޑިވްސްއާއި އަލަށް ގުޅޭ ކަސްޓަމަރުންނަށް އެއް އަހަރުވަންދެން 1.2 ޖީބީގެ ހިލޭ ޑޭޓާ ލިބޭ ޕްރޮމޯއެއް އިއްޔެ ފަށައިފިއެވެ.

މިމަހުގެ ނިޔަލަށް އުރީދޫއާއި ގުޅޭ ކޮންމެ ކަސްޓަމަރަކަށްވެސް ހިލޭ ޑޭޓާ ލިބޭ މިޕްރޮމޯގައި ޕޯސްޓްޕެއިޑް ކަސްޓަމަރުން ޕެކޭޖު އަޕްގްރޭޑު ކުރުމުންވެސް ޕްރޮމޯގައި ބައިވެރިވެވޭނެއެވެ.

އަލަށް ޕޯސްޓްޕެއިޑް ނަންގަވާ ކަސްޓަމަރުންނަށް އެއް އަހަރު ވަންދެން ކޮންމެ މަހަކު 1.2 ޖީބީގެ ހިލޭ ޑޭޓާ ލިބިގެންދާނެއެވެ. އަދި ޕެކޭޖު އަޕްގްރޭޑު ކުރައްވާ ކަސްޓަމަރުންނަށްވެސް މިމަހުގެ 31 ވަނަ ދުވަހުގެ ކުރިން ޕެކޭޖު އަޕްގްރޭޑު ކުރުމުން 1.2 ޖީބީގެ ހިލޭ ޑޭޓާ އެއް އަހަރުވަންދެން ލިބޭނެއެވެ.

އަދި ޕްރީޕެއިޑް ކަސްޓަމަރުން މަހަކު 50ރ. ރީޗާޖް ކުރުމުން ހަ މަސް ދުވަސް ވަންދެން ހިލޭ 1.2 ޖީބީގެ ޑޭޓާ ލިބިގެންދާނެއެވެ. އުރީދޫއިން ބުނެފައިވާ ގޮތުގައި މިޕްރޮމޯގައި ބައިވެރިވެވޭނީ އިއްޔެއިން ފެށިގެން މިމަހުގެ 31 ވަނަ ދުވަހާއި ހަމައަށް ގުޅޭ ކަސްޓަމަރުންނަށެވެ.