Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

"އިޢްތިރާފްވެއްޖެ، ރައީސް ޔާމީން އަޒަލު ކުރަން ޖެހޭނެ"

ރައީސް އަބްދުﷲ ޔާމީން ރޭ ދެއްކެވި ވާހަކަތަކަށް ބަލާނަމަ އިންސާފުވެރި ނިޒާމެއް ހިނގާނަމަ އެމަނިކުފާނު ރައީސް ކަމުން އަޒަލު ކުރަން ޖެހޭނެކަމަށް ޔާމީން ސަރުކާރުގެ ފުރަތަމަ ނައިބް ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަމިއްލަ އިއްތިރާފަކީ ކާފީ ހެއްކެއް ކަމަށެވެ. ގާނޫނީ ދާއިރާއިން ޕީއެޗްޑީ ނަންގަވައިގެން ހުންނެވި އަދި ކުރިން ރާއްޖޭގެ ޖަސްޓިސް މިނިސްޓަރު ކަން ވެސް ކުރެއްވި ޖަމީލް ވަނީ އަދީބްއަށް ފައިސާ ލިބުނީ ކިހިނެއްތޯ ސުވާލު ކުރައްވާފައެވެ.

"އަދީބަށް ފައިސާ ލިބުނީ ކިހިނެއްތޯ؟ ރައީސް ވަހީދުގެ ޒަމާނަށްސުރެ، އެމަގުން އޭނާ ހިންގުވީ މަނިކުފާން، ހިނިއަންނަނީ"

ޖަމީލް ވިދާޅުވިއެވެ.

ރޭ ޕީޕީއެމްއިން ހުޅުވި "ރުމާލު 2" ޖަގަހަ ހުޅުވުމުގެ ހަފްލާގައި ރައީސް ޔާމީން ވިދާޅުވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރު ގެންގުޅުއްވީ ހަލާލު ފައިސާ ނޫންކަމަށް މިހާރު އެނގިފައިވާ ކަމަށާއި އެފައިސާ ވަދެފައިވަނީ ހަމައެކަނި ތިމަން މަނިކުފާނުގެ ގެއަށް ނޫންކަމަށެވެ.

ރައީސް ޔާމީންވަނީ އެފައިސާއިން ބައެއް މަޖްލިސް މެމްބަރުން އިންތިހާބްވެފައިވާތީ އެފަރާތްތަކުން އިސްތިއުފާ ދެއްވުމަށް ގޮވާލާފައެވެ.