މިމަހު ބާއްވާ "އައްޑޫ މެރަތަން" ގައި ބައިވެރިވުމުގެ ފުރުސަތު މިރޭ 12 ޖެހުމާއި އެކު ބަންދުވާނެކަމަށް މެރަތަން އިންތިޒާމް ކުރާ "އައި ރަނާސް"އިން ބުނެފިއެވެ.
އައި ރަނާސްގެ ފައުންޑަރ ހުސެއިން ޝުޖާއު ބުނީ މެރަތަންގައި ބައިވެރިވުމުގެ ފުރުސަތު މިރޭ 12އަށް ހަމަވާއިރު ބައިވެރިވާން ބޭނުން ހުރިހާ ފަރާތްތަކުން އޮންލައިންކޮށް ވީހާވެސް އަވަހަށް ރަޖިސްޓްރީކޮށް ނިންމުން އެދޭކަމަށެވެ.
އައްޑޫ މެރަތަން ބޭއްވުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނައިރު މިހާރު އައްޑޫ މެރަތަންގެ ފޭސްބުލް ޕޭޖް މެދުވެރިކޮށް ދުވާ ކޯސް އާއި ވަގުތު ދަނީ އާއްމު ކުރަމުންނެވެ. މި ދުވުމަކީ ހުރިހާ ފަރާތްތަކަށްވެސް ރަޖިސްޓްރީވެގެން ބައިވެރިވެވެ ގޮތަށް އިންތިޒާމްކޮށްފައިވާ އިވެންޓެކެވެ.
އައްޑޫ މެރަތަންގެ މެއިން ސްޕޮންސަރަކީ ފީލް މޯލްޑިވްސްއެވެ. ކޯ ސްޕޮންސަރުންނަކީ އެމްޕީއެލް އާއި އެމްޓީސީސީއެވެ.ސްޕޯޓްސް ޕާޓްނާއަކީ ފަލަކް ސްޕޯޓްސްއެވެ. އެކްސްޕޯ ޕާޓްނާކަމަށް ޕާން ޕިނޯސް ހަމަޖައްސާފައިވާއިރު ޓްރެވަލް ޕާޓްނާއަކީ މޯލްޑިވިއަންއެވެ. މީޑިއާ ޕާޓްނާއަކީ އައްޑޫލައިވްއެވެ.