Last Updated: June 20, 11:01
Saturday, June 20, 2026
ޚަބަރު

ރެޑް ކްރެސެންޓްގެ ހިއުމެނިޓީ އެވޯޑް އައްޑޫ ކައުންސިލަށް

އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގެ ޝަރަފުވެރި އެވޯޑު މިއަދު ދިވެހި ރެޑްކްރެސެންޓުން އައްޑޫ ސިޓީ ކައުންސިލަށް އަރުވައިފިއެވެ.

ދިވެހި ރެޑްކްރެސެންޓު ދުވަސް މިއަދު ފާހަގަކުރަމުންދާއިރު ރެޑް ކްރެސެންޓުގެ ފަރާތުން އައްޑޫ ސިޓީ ކައުންސިލުން އިންސާނިއްޔަތަށްޓަކައި ކުރަމުންދާ މަސައްކަތް ފާހަގަކޮށް އެރުވި ސެޓުފިކެޓު ބަލައިގެންފައިވަނީ އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރ، ހިތަދޫ ދެކުނު ދާއިރާގެ ކައުންސިލަރު މުހައްމަދު ޔަސްރިފެވެ.

އައްޑޫ ސިޓީ ކައުންސިލުން ވަނީ ދާދި ފަހުން ހިތަދޫއަށް އެރި ނަގޫރޯޅީގައި ގެއްލުންވި ރައްޔިތުންނާ ބައްދަލުކޮށް އެއާއިލާތަކަށް އެހީތެރިވެދިނުމުގެ ގޮތުން ފަންޑު ފޮއްޓެއް ހުޅުވާފައެވެ.

ގުދުރަތީ ކާރިސާތަކާއި އެނޫންވެސް ދަތިތަކާއި ރައްޔިތުން ކުރިމަތިލާން ޖެހޭއިރު އައްޑޫ ސިޓީ ކައުންސިލްގެ ތިން ދައުރުގައިވެސް ކައުންސިލަރުން ވަނީ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީ ޚިދުމަތް ކޮށްފައެވެ.