Last Updated: June 9, 14:14
Tuesday, June 9, 2026
ޚަބަރު

އެމްއެމްއޭގެ ގަވަރުނަރު އަޒީމާ އިސްތިއުފާ ދެއްވައިފި

އެމްއެމްއޭގެ ގަވަރުނަރުކަމުން ޑރ. އަޒީމާ އާދަމް އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

މަގާމުން އިސްތިއުފާ ދެއްވި ކަން އާޒިމާ އިއުލާން ކުރެއްވީ އެމްއެމްއޭގައި ދާދި ދެންމެއަކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

އަޒީމާ ވިދާޅުވި ގޮތުގައި ގަވަރުނަރު ކަމުން އިސްތިއުފާ ދެއްވީ ފިރިކަލުން، އަލީ ނަސީރާ އެކު ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލު ކުރުމަށް ކަމަށެވެ. އާޒިމާގެ ފިރިކަލުން އަލީ ނަސީރު ވަނީ އދ ގައި ހުންނަވާ ރާއްޖޭގެ ހާއްސަ މަންދޫބު ކަމަށް ދާދި ފަހުން ހަމަޖައްސަވައިފަ އެވެ.

އެމްއެމްއޭގެ ގަވަރުނަކަރަށް އަޒީމާ ހަމަޖެއްސީ 31 ޑިސެމްބަރު 2013 ގައެވެ.