Last Updated: June 9, 14:14
Tuesday, June 9, 2026
ޚަބަރު

ގުޅިފައިވާ ޕާޓީތަކުން މާލޭގައި ސިލްސިލާ ހިނގާލުންތަކެއް ފަށަނީ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މާލޭގައި ސިލްސިލާ ހިނގާލުންތަކެއް ބޭއްވުމަށް ނިންމައި ފުރަތަމަ ހިނގާލުން މިރޭ ބޭއްވުމަށް ހަމަޖައްސައިފި އެވެ.

ހިނގާލުން އިންތިޒާމް ކުރާ ފަރާތުން މައުލޫމާތު ދޭ ގޮތުގައި، މި ހިނގާލުންތައް ބޭއްވުމަށް ހަމަޖެހިފައިވަނީ މާލޭގެ މަޖީދީމަގުގައި އަލިކިލޭގެފާނު މަގާއި މާވެޔޮމަގާއި ދެމެދުގައެވެ. މިރޭގެ ހިނގާލުން ފެށުމަށް ނިންމާފައިވަނީ އަތަމާޕެލަސް ކުރިމަތިންނެވެ. މިއީ މާލޭގައި ޓްރެފިކް އެންމެ ބާރުބޮޑުވާ ހިސާބުކަން ފާހަގަކޮށްލެވެއެވެ.

މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ ކޮންމެ ރެއެއްގެ 8 ޖަހާއިރުކަމަށް މައުލޫމާތު ލިބެއެވެ. މި މުޒާހަރާ އަކީ މަޖްލިސް މެމްބަރުންނަށް ކުރާ އަނިޔާ ހުއްޓާލުމަށް ގޮވާލާ ހިނގާލުމެކެވެ.