ވެރިރަށް މާލެ އިން ބިން ވިއްކުމަށް ހުޅުވާލާފައި ވަނީ ރައްޔިތުނގެ ހަޒާނާ މުއްސަނދި ކުރުމުގެ ގޮތުން ކަމަށް ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވެފައި ވަނީ މާލޭގެ އެންމެ އަގު ބޮޑު ތިން ހިސާބަކުން 19 ބިމެއް ވިއްކުމަށް ހުޅުވާލާފައި ވާތީ އެކަމާއި ގުޅިގެން ކުރިމަތިވެފައިވާ ފާޑުކިޔުންތަކަށް ރައްދު ދެއްވައި ކުރެއްވި ޓްވީޓެއްގައެވެ.
މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި މާލެ އިން ބިން ވިއްކަން ހުޅުވާލީ ރައްޔިތުންނަށް ލާބަޔާއި މަންފާ ލިބެނިވި ކަންކަމަށް ރައްޔިތުންގެ ޚަޒާނާ މުއްސަނދި ކުރުމަށް ކަމަށެވެ.
މާލޭގެ އެކި ސަރަހައްދު ތަކުން ބިން ވިއްކުމަށް ހުޅުވާލައި ކުރި އިއުލާނުގައި ބުނެފައިވާ ގޮތުން، ބީލަމުގެ އުސޫލުން، އަގުހުށަހެޅުމުގެ ފުރުސަތު، ބިން ގަންނަން ބޭނުންވާ ފަރާތްތަކަށް ހުޅުވާލާ ކަމަށެވެ.