Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ޔާމީންގެ "ނަހަލާލު ފައިސާ" ގެ ޖިނާއީ ތަހުގީގެއް ހިންގަން އެދިއްޖެ

އަދީބް ގެންގުޅުއްވި ފައިސާ އަކީ "ނަހަލާލު" ފައިސާކަމަށާއި އޭގެ ތެރެއިން ރައީސްގެ ގެކޮޅަށް އޭގެ ފައިސާތަކެއް ވެއްދިކަމަށް ވިދާޅުވުމާއި ގުޅިގެން އެކަމުގެ ތަހްގީގެއް ހިންގުމަށް ފުލުހުންގެ މައްޗަށް އަމުރެއް ނެރެދިނުމަށް އެމްޑީޕީން ޕްރޮސެކިއުޓަރ ޖެނެރަލް ބިޝާމްގެ ފަރާތުން އެދިއްޖެ އެވެ.

އެމްޑީޕީން ވަނީ މި މައްސަލަ ބަލައި ދިނުމަށް އެދި އެންޓި ކަރަޕްޝަން ކަމިޝަނާއި، ފުލުހުން އަދި ޕީޖީއަށް ހުށަހަޅާފައެވެ.

ޕީޕީއެމްގެ ފަރާތުން "ރުމާލު 2" ނަމުގައި ޖަގަހައެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު ހޭދަ ކުރެއްވީ ރަނގަޅު ފައިސާއެއް ނޫން ކަން މިހާރު އެގިވަޑައިގެންފައިވާ ކަމަށެވެ. އަދި އެފައިސާގެ ތެރެއިން ރައީސް ޔާމީން ދިރިއުޅުއްވަމުން ގެންދެވި ދޫވެހިއަށް ފައިސާ ވެއްދިކަމަށް ވަނީ ވިދާޅުވެފައެވެ.

އިދިކޮޅު ފަރާތްތަކުން މި މައްސަލަ ތަހްގީގު ކުރުމަށް ގޮވާލާފައިވަނީ ރައީސް އަމިއްލަފުޅަށް އިއްތިރާފްވެވަޑައިގެންފާކަމަށް ވިދާޅުވެއެވެ.