Last Updated: April 19, 19:29
Friday, April 19, 2024
ޚަބަރު

ހިޔައު ޖަމިއްޔާގެ ވާ ދެމުމާއި މަސް ރޭހަށް ހުޅުވާލައިފި

ބޮޑު އީދު ފާހަގަ ކުރަން "އީދު އުފާ" ގެ ނަމުގައި މަރަދޫ ހިޔައު ޖަމިއްޔާ ކުރިއަށް ގެންދާ ކުޅިވަރު ހަރަކާތްތަކުގެ ތެރެއިން ފަރު މަސް ރޭހާއި ވާ ދެމުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އައްޑޫގެ ހުރިހާ އަވަށްތަކަކަށް ހުޅުވާލައިފި އެވެ.

އެ ޖަމިއްޔާ އިން މުބާރާތްތަކުގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ އެންމެ ފަހު ތާރީހަކީ މި މަހުގެ 25 ވަނަ ދުވަސް ކަމަށެވެ. އަދި ޓީމް ލިސްޓް ބަދަލު ކުރެވޭނެ އެންމެ ފަހު ތާރީހަކީ މި މަހުގެ 31 ކަމަށެވެ.

މި މުބާރާތްތަކުގައި ބައިވެރިވާން އެދޭ ފޯމް މަރަދޫ އަމާން ޕްރީ ސްކޫލްގައި ގާއިމުކޮށްފައިވާ ހިޔައު ޖަމިއްޔާގެ ވަގުތީ އޮފީހުން ލިބޭނެ އެވެ. އަދި އެ ޖަމިއްޔާގެ ފޭސްބުކް ޕޭޖުން ޑައުންލޯޑް ވެސް ކުރެވޭނެ އެވެ.

މަސް ރޭހުގައި ބައިވެރިވާން އެދޭ ފޯމް ބަލައި ގަންނާނީ 150ރ. ފީއަކާ އެކުގަ އެވެ. އަދި ވާ ދެމުމުގެ މުބާރާތުގެ ފޯމް ބަލައި ގަންނާނީ 250ރ. އަށެވެ.

އިތުރުން މުބާރާތްތަކާ ބެހޭ އިތުރު މައުލޫމާތު 7955243، 7779330 އަދި 7791156 ގުޅައިގެން ވެސް ހޯދޭނެ އެވެ.

ހިޔައު ޖަމިއްޔާ" އިން ބުނީ "އީދު އުފާ" އަކީ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން އާލާ ކުރުމާ އެކު އާއިލީ އަދި ރަށުގެ އިޖުތިމާއީ ގުޅުން ބަދަހި ކުރުމުގެ ގޮތުން ބާއްވާ ހަރަކާތްތަކެއް ކަމަށެވެ.

"އީދު އުފާ" ގެ ތެރެއިން އީދު ސަޔާއި އާއިލީ ހަވީރެއް ވެސް ބާއްވަން ވަނީ ހަމަޖެހިފަ އެވެ.