Last Updated: March 28, 17:07
Thursday, March 28, 2024
ކުޅިވަރު

ރެއާލް ސުޕަކޮޕާ ކާމިޔާބުކޮށްފި

ރެއަލް މެޑްރިޑާއި ބާސާ ކުޅުނު ސުޕަކޮޕާ ދި އެސްޕާނާގެ ދެވަނަ ލެގުވެސް ކާމިޔާބުކޮށް މިއަހަރުގެ ސުޕަކޮޕާ ރެއަލް މެޑްރިޑް ކާމިޔާބުކޮށްފިއެވެ.

ރޭގެ މެޗު 0-2 އިން ކާމިޔާބުކޮށްފައިވާއިރު ރެއަލް ވަނީ ފުރަތަމަ ލެގު ބާސާ ދަނޑުގައި 3-1 އިން ކާމިޔާބުކޮށްފައެވެ. މިމެޗުގައިވެސް ރެއާލްގެ ޒުވާން ފޯވާޑް މާކޯ އެސެންސިއޯގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ.

މެޗުގެ 4 ވަނަ މިނެޓުގައި އެސެންސިއޯ ވަނީ އަނެއްކާވެސް ބާސާ ކޮޅަށް ލަނޑު ޖަހައި ރެއާލްއަށް ލީޑު ނަގާދީފައެވެ. ލީޑާއެކު ރެއަލް ވަނީ މެޗުގެ ކޮންޓްރޯލް ނަގާފައެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފު ނިމެން ކައިރިވެފައިވަނިކޮށް ރެއަލް ވަނީ ކަރިމް ބެންޒީމާގެ ލަނޑަކާއެކު ލީޑު ފުޅާކޮށްފައެވެ.

ދެވަނަ ހާފުގައި ބާސާއިން ނަތީޖާ އެއްވަރުކުރުމަށް މަސައްކަތް ކޮށްފައިވެއެވެ. ނަމަވެސް އެގްރިގޭޓުން ރެއަލްއަށް 1-5 ގެ ލީޑެއް ލިބިިފައިވާއިރު ބާސާއަށް ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ. ދެޓީމުންކުރެ އެއްވެސް ޓީމަކަށް މެޗުގައި އިތުރު ލަނޑެއް ޖެހިފައިނުވާއިރު މެޗު ނިމިގެން ގޮސްފައިވަނީ ރެއާލްއަށް ބާސާގެ މައްޗަށް ފުރިހަމަ މޮޅެއް ލިބިގެނެވެ.