އިދިކޮޅު ފަރާތްތަކުން ގދ. ތިނަދޫގައި ބޭއްވި ހިނގާލުމުގައި ބައިވެރިވި ދެ ޓީޗަރަކު ވަޒީފާއިން ވަކި ކުރާތީ ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ބެލެނިވެރިން މުޒާހަރާ ކުރަން ފަށައިފިއެވެ.
"އައްޑޫލައިވް"އަށް އެނގިފައިވާ ގޮތުގައި ހިނގާލުމުގައި ބައިވެރިވެގެން ސިވިލް ސާވިސްއިން ވަކިކުރަން އުޅެނީ އެސްކޫލްގެ އެކައުންޓް ކިޔަވައިދެމުންދާ ލީޑިން ޓީޗަރު އަހުމަދު އަޝްރަފުއާއި ހިސާބު މާއްދާ ކިޔަވައިދެމުންދާ ލީޑިން ޓީޗަރު ނަސްރުﷲ އަފީފުއެވެ.

މިދެ ޓީޗަރުންގެ މައްސަލަ މިހާރު ސިވިލް ސާވިސްއިން އަންނަނީ ބަލަމުންނެވެ.
ސްކޫލްގެ ޕީޓީއޭ އާއި ބެލެނިވެރިން ބުނީ އަޝްރަފް އާއި އަފީފް ކުށެއް ނުކުރާ ކަމަށާއި އެމީހުން ހިނގާލުމުގައި ބައިވެރިވީ ގާނޫނު އަސާސީއާއި އެއްގޮތަށް ކަމަށެވެ.
އިދިކޮޅު ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތައް އިންޒާރުދީ ވަޒީފާއިން ވަކި ކުރަމުން އަންނަ އިރު ސަރުކާރު ހިންގާ ޕާޓީން ހިންގާ ހަރަކާތްތަކުގައި ސިވިލް ސާވިސް މުވައްޒަފުން ބައިވެރިވުމަށް ދަނީ މަޖްބޫރު ކުރަމުންނެެވެ.