Last Updated: April 26, 15:02
Friday, April 26, 2024
ޚަބަރު

ސަމީރަށް ފަސް ތުހުމަތެއް

ވީނިއުސް

ޖުމުހޫރީ ޕާޓީގެ ސެކެޓްރީ ޖެނެރަލް އަހުމަދު ސަމީރު ރޭގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އޭނާގެ މައްޗަށް 5 ތުހުމަތެއް ފުލުހުން ކޮށްފައިވާ ކަމަށް ސަމީރުގެ ވަކީލުން ބުނެފިއެވެ.

ރޭ ސަމީރު ރާއްޖެ ޓީވީއަށް ލައިވް އިންޓަވިއުއެއް ދެމުންދަނިކޮށް ފުލުހުން އައިސް، ފުރަގަހަށް ބިޑިއަޅުވައިގެން ގެންގޮސްފައިވާއިރު ސަމީރުގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް މިއަދު ކޯޓަށް ހާޒިރުކުރުމަށް ނިންމާފައިވެއެވެ.

ސަމީރުގެ މައްޗަށް ފުލުހުން ފަސް ތުހުމަތެއް ކޮށްފައިވާއިރު އޭގެތެރޭގައި ފުލުހެއްގެ ގައިގާ ޖެހިކަމުގެ ތުހުމަތުވެސް ވަނީކޮށްފައެވެ. މީގެ އިތުރުން ނޫނު ތަންފީޒު ކުރާ މުވައްޒަފަކަށް ހުރަސްއެޅުމާއި އާންމު މަސްލަހަތު ނަގާލަން އުޅުނު ކަމުގެ ތުުހުމަތުވެސް ވަނީ އޭނާގެ މައްޗަށް ކޮށްފައެވެ.