Last Updated: June 29, 19:00
Monday, June 29, 2026
ދުނިޔެ

އަޟްހާ އީދާއެކު ސައުދީ އަށް 16 ދުވަހުގެ ޗުއްޓީއެއް

ސައުދީ އަރަބިއާ ގައި އަޟްހާ އީދާއި ގުޅިގެން 16 ދުވަހުގެ ޗުއްޓީއެއް ދިނުމަށް ނިންމައިފި އެވެ.

އެގޮތުން އެ ޤައުމުގެ މިނިސްޓްރީ އޮފް ސިވިލް ސަރވިސް އިން ބުނެފައި ވަނީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުން ފެށިގެން އަންނަ މަހުގެ ނުވަ ވަނަ ދުވަހާއި ހަމައަށް އެޤައުމުގެ ސަރުކާރު ބަންދުވާނެ ކަމަށެވެ.

އެޤައުމުގެ ޤާނޫންތަކުގައިވާ ގޮތުން ސައުދީގެ އަޟްހާ އީދު ޗުއްޓީ ހައްޖު މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން އެމަހުގެ 15 ވަނަ ދުވަހާއި ހަމައަށް ދެމިގެންދާން ޖެހޭނެ އެވެ.

މި އަހަރުގެ ފިތުރު އީދާއި ގުޅިގެން ސައުދީ އަރަބިއާ ގައި 15 ދުވަހުގެ ޗުއްޓީއެއް ދީފައިވާކަން ފާހަގަކޮށްލެވެއެވެ.