Last Updated: April 25, 10:28
Thursday, April 25, 2024
މުނިފޫހިފިލުވުން

ރަންވިޖޭގެ ދަރިއަށް އިންސްޓަގްރާމް އެކައުންޓެއް

މަޝްހޫރު ވީޑިއޯ ޖޮކީ (ވީޖޭ) އަދި އެކްޓަރު ރާންވިޖޭ ސިންގް އާއި އޭނާގެ އަންހެނުން ޕްރިޔަންކާ ސިންހާ އަށް ވަނީ މި އަހަރުގެ ކުރީކޮޅު އަންހެން ކުއްޖަކު ލިބިފަ އެވެ.

އެ ދެ މީހުންގެ ކައިވެންޏަށް ލިބުނު ފުރަތަމަ ދަރިފުޅަށް ދީފައިވާ ނަމަކީ ކާއިނާތު ސިންހާ އެވެ. އަދި ދާދިފަހުން ރާންވިޖޭ ވަނީ އޭނާގެ ތުއްތު ދަރިފުޅު ސޯޝަލް މީޑިއާ އަށް ތަޢާރަފްކޮށް އެކުއްޖާގެ ނަމުގައި އިންސްޓަގްރާމް އެކައުންޓެއް ހުޅުވާފައެވެ.

ތުއްތު ތުއްތު ކާއިނާތަށް މިހާރުވެސް ވަނީ 12،800 އަށްވުރެ ގިނަ ފޮލޮވާސް ލިބިފައެވެ. ރާންވިޖޭ ވަނީ އޭނާ ކާއިނާތާއި އެކު ނެގި ފޮޓޯއެއް އިންސްޓަގްރާމަށް ޕޯސްޓް ކުރުމަށްފަހު އެ ފޮޓޯގައި ކާއިނާތު ޓެގް ކޮށްފައެވެ.

އުމުރުން 33 އަހަރުގެ ރާންވިޖޭ އަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން އަންނަ މީހެއް ކަމަށް އޭނާ އަމިއްލައަށް ބުނެފައިވެއެވެ. އެހެންނަމަވެސް، މަސައްކަތުން ކުޑަ ކުޑަ ބްރޭކްތައް ނެގުމަށްފަހު އޭނާގެ ލޯބި ދަރިފުޅާއި ބައްދަލުކުރަން ދާ ކަމަށް ވެސް ރާންވިޖޭ ވަނީ ބުނެފައެވެ.

ރާންވިޖޭ އެންމެ ފުރަތަމަ މަޝްހޫރު ވެފައި ވަނީ އެމްޓީވީގެ ސީރީސް 'ރޯޑީސް' ކާމިޔާބު ކުރުމުންނެވެ. މިހާރު އޭނާ ދަނީ ބޮލީވުޑް ތަރި ސަނީ ލިއޯން އާއި އެކު އެމްޓީވީ އިން ދައްކާ 'ސްޕްލިޓްސްވިލާ' ސީރީސް ހޯސްޓް ކުރަމުންނެވެ.