Last Updated: April 25, 20:04
Thursday, April 25, 2024
ޚަބަރު

ޝަރުޠުތަކަކާ އެކު ލޯޔަރު ވައްޑެ ދޫކޮށްލައިފި

ޝަރުޠު ތަކަކާއިއެކު ތުލުސްދޫ ދާއިރާގެ މެމްބަރ މުހައްމަދު ވަހީދު (ލޯޔަރ ވައްޑެ) ދޫކޮށްލައިފިއެވެ.

ވައްޑެ ކްރިމިނަލް ކޯޓުން ދޫކޮށްލާފައި މިވަނީ ބަންދުފެ މުއްދަތު ހަތަރު ދުވަހަށް އިތުރުކުރުމަށްފަހު މުއްދަތު ހަމަވާން ކައިރިވެފައި ވަނިކޮށެވެ.

ވައްޑެ ހައްޔަރު ކޮށްފައިވަނީ މަޖްލިސްގެ އިދާރާއަށް ވަދެވަޑައިގެންނެވި މައްސަލާގައި ޖުލައި މަހުގެ 25 ވަނަ ދުވަހުއެވެ.

ވައްޑެ މިއަދު ދޫކޮށްލާފައިވާ އިރު މަޖްލިސްގެ ގޮޑި ގެއްލިފައިވާކަމަށް އިލެކްޝަން ކަމިޝަނުން ނިންމި މައްސަލަ ސްޕްރީމް ކޯޓުން ވަނީ ބަލައި ގަނެ އަޑުއެހުން ނިންމާލާފައެވެ. ދެން އޮތީ އެ މައްސަލައިގެ ހުކުމް އިއްވުމެވެ.

ވައްޑެ މިއަދު ކްރިމިނަލް ކޯޓުން ދޫކޮށްލާފައިވަނީ ގާނޫނާއި ހިލާފް ކަމެއް ނުކުރުމަށާއި މޯބައިލް ފޯނު ނަންބަރު ދިނުމަށް ޝަރުޠު ކުރުމަށްފަހުއެވެ.