Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

އިއްސެ މަރާލަން ފުރަތަމަ އުޅުނީ ނޭވާ ހާސްކޮށްލައިގެން: ފުލުހުން

ޅ. ހިންނަވަރު އަތިރީގޭ އިސްމާއީލް އުމަރު މަރާލި ކަމަށް އިއުތިރާފުވި، ޝުމަންމިއާ -- ސަން ފޮޓޯ

ހއ. އިހަވަންދޫގައި ހުންނަ މިފްކޯ އައިސް ޕްލާންޓްގެ މެކޭނިކަަކަށް ހުއްޓާ މަރާލި ޅ. ހިންނަވަރު، އިސްމާއިލް އުމަރު (އިއްސެ) މަރާލީ ނޭވާ ހާސްކޮށްގެން މަރާލަން އުޅެނިކޮށް ހޭލެވުމުން މެޔަށް ވަޅި ހަރައިގެންކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިގޮތަށް ބުނެފައިވަނީ އިއްސެގެ މަރާއި ގުޅުގެން އެ މައްސަލަ ހިނގާދިޔަ ގޮތް ވީޑިއޯ ޕްރެޒެންޓޭޝަން މެދުވެރިކޮށް ނޫސްވެރިންނާއި ހިއްސާ ކުރަމުންނެވެ. އެގޮތުން މި މަރާއި ގުޅިގެން ފުލުހުން ހޯދާފައިވާ މައުލޫމާތަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ރިޕޯޓްގައި ވާ ގޮތުން ޝުމުން މިއާ އިއްސެ މަރާލުމަށް ނިންމީ ދެމީހުންގެ މެދުގައި އުފެދުނު ހިތް ހަމަ ނުޖެހުމަކާއި ގުޅިގެންނެވެ.

އިއްސެ އާއި ޝުމުން މިއާ ފުރަތަމަ މައްސަލަ ޖެހިފައިވަނީ ޝުމުން މިއާގެ އަންހެނުން މާގިނައި އޭނާއަށް ގުޅާތީ އެކަން ހުއްޓުވުމުންނެވެ. އެ ހިތް ހަމަނުޖެހުމާއި ގުޅިގެން އޭނާ ވަނީ ފިލައިގެން އެހެންތަނަކަށް ގޮސްފައިކަން އެ ރިޕޯޓްގައިވެއެވެ.

މީގެ އިތުރުންވެސް ބިދޭސީ މީހާ ކައްކާ ކާއެއްޗެއްސާއި އަދި ލަހުން އަންނައިރު އައިސް ޕްލާންޓްގެ ދޮރު ތަޅުލާފައި ހުރުމުގެ މައްސަލަ ވަނީ ދިމާވެފައެވެ.

އިއްސެ މަރާލިކަމަށް ޝުމުން މިއާ އެއްބަސްވެ މިކަން ކުރިގޮތް ވަނީ ތަފްސީލް ކޮށް ފުލުހުންނަށް ކިޔާދީފައެވެ. އެގޮތުން އިއްސެ މަރާލުމުގެ ތެރޭގައި ޝުމުންގެ އަތް ވަނީ ޒަހަމްވެފައެވެ. އަދި އިއްސެގެ ހަށިގަނޑު ނަގައިގެން ގޮސް އެހެންތަނެއްގައި ބޭއްވުމާއި އެތަނުގައި ހުރި ލޭ ސާފު ކުރިގޮތް ވަނީ ކިޔާދީފައެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ އަނެއް ހަތަރު މީހުންނަކީ ޝުމުން މިއާ އެރަށުން ފުރުވާލުމުގައި އެހީތެރިވި މީހުން ކަަމަށް ފުލުހުން ވަނީ ބުނެފައެވެ.

ތަފްސީލް އަންނަނީ….