ރާއްޖެ ޓީވީއަށް ލައިވް އިންޓަވިއުއެއް ދެއްވަން ހުންނަވަނިކޮށް ރޭ ފުލުހުން ހައްޔަރުކުރި ޖުމްހުރީ ޕާޓީގެ ސެކެޓްރީ ޖެނެރަލް އަހްމަދު ސަމީރު ޝަރުޠު ތަކަކާއި އެކު ދެންމެ ދޫކޮށްލައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސަމީރަށް ކްރިމިނަލް ކޯޓުން ކޮށްފައި ވަނީ 2 ޝަރުތެކެވެ. އެއީ އެއީ ތަހުގީގަށް އެއްބާރުލުން ދިނުމަށާއި އޭނާގެ ޝަރީއަތް ނިމެންދެން ގާނޫނާ ހިލާފު ކަމެއް ނުކުރުމެވެ.
ސަމީރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ރޭ އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި ހިނގާލުމެއްގެ ތެރެއިންނެވެ.