Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

"އައްޑޫ މެރަތަން" ގެ އެކްސްޕޯ އާއި ރިވޯޑްސް ޕާޓްނަރަކަށް ޕާން ޕިނޯސް

މި މަހުގެ 25 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ "އައްޑޫ މެރަތަން"ގެ އެކްސްޕޯ އަދި ރިވޯޑްސް ޕާޓްނަރަކަށް ހިތަދޫގެ ޕާން ޕިނޯސް ހަމަޖައްސައި އެގްރިމެންޓްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި އައްޑޫ މެރަތަން ބާއްވާ އައި ރަނާސްގެ ފަރާތުން ސޮއި ކުރީ ފައުންޑަރ ހުސެއިން ޝުޖާއުއެވެ. ޕާން ޕިނޯސްގެ ފަރާތުން ސޮއި ކުރީ ނިހާރާ ޖަމާލްއެވެ.

ޕާން ޕިނޯސްއިން ވަނީ މެރަތަންގެ 5 ކިލޯ މީޓަރގެ ވަނަތަކަށް 10 ހާސް ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައެވެ.

އައްޑޫ މެރަތަން އަކީ އައި ރަނާސްގެ ފަރާތުން އިންތިޒާމް ކުރާ މިފަދަ ފުރަތަމަ ދުވުމެވެ. އައްޑޫގައި މި ދުވުން ބާއްވާއިރު ކުރިމަގުގައި މި ދުވުމަށް ބައިނަލް އަގްވާމީ ސަމާލުކަން ހޯދުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

އައްޑޫ މެރަތަންގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ބަންދުވެފައިވާއިރު އައި ރަނާސްއިން އުއްމީދު ކުރިވަރުގެ ތަރްހީބެއް މި ދުވުމަށްވަނީ ލިބިފައެވެ.

މި އިވެންޓްގެ މެއިން ސްޕޮންސާރ އަކީ ފީލް މޯލްޑިވްސްއެވެ. ކޯ ސްޕޮންސަރުންނަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އާއި އެމްޓީސީސީއެވެ. ސްޕޯޓްސް ޕާޓްނާއަކީ ފަލަކް ސްޕޯޓްސްއެވެ. މީޑިއާ ޕާޓްނާއަކީ "އައްޑޫލައިވް"އެވެ.