Last Updated: April 27, 10:10
Saturday, April 27, 2024
ޚަބަރު

ރައްޔިތުންގެ ބަދަލު ޖަލްސާ މިރޭ މަރަދޫ ހަރުގޭގައި

ރައްޔިތުންގެ ބަދަލު ޖަލްސާ މިރޭ މަރަދޫ ދާއިރާ ހަރުގޭގައި ބާއްވަން ނިންމައިފިއެވެ.

މިރޭ 9 ޖަހާއިރު ބާއްވާ މި ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރ އަލީ ނިޒާރު ވާހަކަ ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

މިރޭގެ ޖަލްސާއަށް އިސްލާހަށް ލޯބި ކުރައްވާ ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް ވަނީ އެމްޑީޕީ އާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެދިވަޑައިގެންފައެވެ.

ސިޔާސީ ހަރަކާތް އައްޑޫގައި މެދު ކެޑިފައި އޮތުމަށް ފަހު އަލުން ފަށައިގަތުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުް ސިލްސިލާ ބައްދަލުވުން ބާއްވަން ގުޅިފައިވާ ސިޔާސީ ޕާޓީންވަނީ ނިންމާފައެވެ.