Last Updated: April 25, 09:40
Thursday, April 25, 2024
ޚަބަރު

އަނަސްގެ މަރުގެ މައްސަލާގައި އިތުރު ދެ މީހަކު ހައްޔަރުކޮށްފި

މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ އަނިޔާވެރި ގޮތަކަށް މަރާލި ރ. މީދޫ ފެންފިޔާޒުގ، މުހައްމަދު އަނަސްގެ މަރާއި ގުޅިގެން ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފިއެވެ.

ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން މ. ދިމިސްކު ކިޔާ ގެއެއް ބަލައި ފާސްކޮށް އެގެއިން 18 އަހަރު ނުފުރޭ ކުއްޖަކާއި އިތުރު މީހަކު ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފައިވާ ކަމަށެވެ.

އަނަސް މަރާލާފައިވަނީ ލިޓަސް ސާވިސް ސެންޓަރު ތެރެއަށް ދުވެފައި ގޮސް ވަން ތަނުން މޫނު ނިވާކޮށްގެން ތިބި ދެމީހުން ވަދެ ތޫނުއެއްޗަކުން ހަމަލާ ދީގެންނެވެ.

"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަނަސްއަށް ހަމަލާދިން މީހުން ދަތުރުކޮށްފައިވަނީ ސައިކަލްގެ ހެޑްލައިޓް ނިއްވައިގެން މަޖީދީ މަގުން ހާމަކަން ބޮދު ގޮތަކަށް ވަޅި ކަތިވަޅި ހިފައިގެން ގޮސްއެވެ.

އަނަސްގެ މަރާއި ގުޅިގެން ބަޔަކު ހައްޔަރުކޮށްފައިވާ އިރު މި މައްސަލައިގެ ތަހްގީގު ކުރިއަށްދާ ގޮތާއި ގުޅޭގޮތުން އިއްޔެ އަނަސްގެ ބައްޕަ އާއި ބައްދަލުކޮށް ޕޮލިސް ކަމިޝްނާ އަރީފް ވަނި މައުލޫމާތު ހިއްސާކޮށްފައެވެ.

އަނަސްގެ މަރާއި ގުޅިގެން ރ. މީދޫގައި ވަނީ އަނަސްގެ މަރަށް އިންސާފު ބޭނުންކަމަށް ބުނެ ހިނގާލުމެއް ބާއްވާފައެވެ.